ކޮންމެ ފަސް އަހަރަކުން މަޖިލިސް މެމްބަރުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ގަރާރެއް

ކޮންމެ ފަސް އަހަރަކުން މަޖިލިސް މެމްބަރުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ގަރާރެއް

Author
ޙަސަން މުޙައްމަދު
26 ޖޫން 2024 11:03
0

ކޮންމެ ފަސް އަހަރަކުން މަޖިލިސް މެމްބަރުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.

ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އާންމުކޮށް ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭ ގޮތުން ވާހަކަ ދެކެވޭ ކަމަށެވެ.

ނަމަވެސް އެއަށް އަމަލީ ސިފަ ނާންނަ ކަމަށާއި މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގައި ބަސްހުކޮށް މެންބަރުން ދެކޭ ގޮތް ހާމަކުރުމަށް މި ގަރާރު ހުށަހެޅީ ކަމަށް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 87 ކުން 93 އަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ނިންމާފައިވަނީ ފާއިތުވި އަހަރުގެ ޖުލައި މަހުއެވެ.

މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައިވަނީ ކޮންމެ 5،000 މީހަކަށް މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.