ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރު ކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިގްތިސާދު ސިންދިފާތު ކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށްވެސް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ރައީސް ނިންމެވި ކަމަށެވެ.
ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރަން ސިޔާސަތެއް އެކުލަވާލަން ރައީސް ނިންމެވި އިރު، ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުގައި މަސައްކަތް ކުރައްވާ ސިޔާސީ މަގާމުތަކުގެ ބޭފުޅުންގެ އަދަދު މަދު ކުރަން ވަނީ ފަށައިފަ އެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ