ޝާހިދާއި ރާނާ އެއް ފިލްމް އަކަށް

ޝާހިދާއި ރާނާ އެއް ފިލްމް އަކަށް

Author
ފާތިމަތު ނާވީ
25 ޖޫން 2024 01:40
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ކުޅުމަށް ހަމަޖެހިފައިވާ ފިލްމް އަކަށް ސައުތުގެ މަޝްހޫރު އެކްޓަރު ރާނާ ދަގުބަތީ ސޮއިކޮށްފައި ވާކަމަށް މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ޝާހިދެކޭ އެއްފަދައިން ރާނާ އަކީ ވެސް ވަރަށް މަޝްހޫރު އެކްޓަރެކެވެ. އޭނާ އަކީ ސައުތުގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިއެވެ.

 

View this post on Instagram

 

A post shared by prime video IN (@primevideoin)

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނީ މި ފިލްމަކީ އިންޑިއާގެ ކުރީގެ ކުޅަދާނަ ހަނގުރާމަވެރިޔާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. ޝާހިދު ޓައިޓްލް ރޯލު ކުޅެން ހަމަހެޖިފައިވާ މި ޕީރިއަޑް ފިލްމުގައި ރާނާ ކުޅޭނީ އައުރެންގަޒަބްގެ ރޯލު ކަމަށް އެ ނޫހުން ބުންޏެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

މި ފިލްމު ޕްރޮޑިއުސްކުރާނީ ދިލް ރާޖޫ އެވެ. އަދި މީގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު އަކްޝޭ ކުމާރުގެ "އޯއެމްޖީ 2″ ގެނެސްދިން އަމިތު ރާއީ އެވެ. މި ފިލްމް ގެ ޝޫޓިން މިއަހަރު ފަހުކޮޅު ފެށުމަށް ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެއެވެ. ނަމަވެސް ރަސްމީ ގޮތަކަށް އަދި މި ކަން ހާމަކޮށްފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.