ކާރަކުން ފުލުހެއްގެ ގައިގައި ޖެއްސި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ކާރަކުން ފުލުހެއްގެ ގައިގައި ޖެއްސި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

Author
ހުސައިން
23 ޖޫން 2024 04:08
0

ހުޅުމާލޭގައި ހިނގި މާރާމާރީއެއް ހުއްޓުވުމަށް މަސައްކަތް ކުރި ފުލުސް އޮފިސަރެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު އެ ސަރަހައްދުން ފިލި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އީދު ބަންދުގައި މާލެތެރޭގައި ބައެއް ހަމަނުޖެހުންތަކެއް، ހިނގައި މާރާމާރީތަކެއް ހިނގައިދިޔަ އެވެ. އަދި ކައިރިކައިރީގައި ހިނގި މަރާމާރީތަކެއްގެ މައްސަލައިގައި ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ.

މި މައްސަލަ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް އޭގެ ޖެހިގެން އައި ދުވަހު ހުޅުމާލޭގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް ލިބުނު މައުލޫމާތަކަށް ފުލުހުން ވަނީ އެ ސަރަހައްދުން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުން ފެނި އެކަކު ކާރުން ފިލަން މަސައްކަތް ކުރުމުން، އޮފިސަރު ކާރު ކުރިމައްޗަށް އަރައި ކާރު މަޑު ކުރުމަށް އެންގުމުން ވެސް މަޑުނުކޮށް އޭނާ ވަނީ ފިލާފަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖޫން 15 ގައި، ހުޅުމާލޭގެ 10 ނަމްބަރު ފްލެޓު ކައިރިން އެ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

މި ހާދިސާގައި ފުލުސް އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ. އަދި ފިލައިގެން ދިޔަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަކުރި އެވެ. އެކަމަކު އޭނާ ނުހޯދި ދިގުލައިގެން ދިއުމުން އެކަން މީޑިއާތަކުން ފާހަގަކުރުމުން، ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

ބައެއް މީޑިއާތަކުން ވަނީ ހައްޔަރު ކުރި މީހާއަކީ ކުރީގެ އިސް ފުލުސް އޮފިސަރެއްގެ ދަރިފުޅުކަމަށް ރިޕޯޓުކޮށްފަ އެވެ.

މި މައްސަލައިގައި މިއަދު މީޑިއާތަކަށް ފުލުހުން ބުނީ އިއްޔެ ހައްޔަރު ކުރި އުމުރުން 22 އަހަރުގެ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.