ޕީއެންއެފްގެ އޮފީސް ޔާމިންގެ އަމިއްލަފުޅު ގެއަށް ބަދަލު ކުރަނީ

ޕީއެންއެފްގެ އޮފީސް ޔާމިންގެ އަމިއްލަފުޅު ގެއަށް ބަދަލު ކުރަނީ

Author
ހުސައިން
22 ޖޫން 2024 02:58
0

ރައީސް ޔާމިން އަލަށް އުފެއްދެވި ޕީއެންއެފްގެ އޮފީސް ރައީސް ޔާމިންގެ އަމިއްލަފުޅު ގެއަށް ބަދަލު ކުރުމަށް ނިންމައިފިއެވެ. އެގޮތުން މިހާރު އެގޭގެ ފުރަތަމަ ފަންގިފިލާ ދަނީ ޕާޓީ ހިންގުމަށް ތައްޔާރު ކުރަމުންނެވެ.

ހ. ހުރަފާގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް ގޭގެ ވެރިފަރާތުން މީގެ 7 މަސްކުރިން އަންގާފައިއެވެ. އެ އިމާރާތް ހުސްކުރުމަށް އަންގާ ގޭގެ ވެރިފަރާތުން އޭރު ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އިމާރާތް ދޫކޮށްފައިވަނީ "ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް" ކަމަށެވެ.

އެހެންނަމަވެސް، ޕީޕީއެމްގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް އެންގިއިރު، ޕީޕީއެމްއާއި ޚިޔާލު ތަފާތުވެ، ރައީސް ޔާމިން އޭރުވަނީ އެ ޕާޓީ ދޫކޮށް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. ޕީއެންއެފް އެފެއްދުމަށްފަހު އެ ޕާޓީ ހިންގަމުން އައިސްފައިވަނީ ޕީޕީއެމްގެ އޮފީސް ހިންގަމުން އައި ހ. ހުރަފާގައެވެ.

ޔާމީން އިސްކޮށް ހުންނަވައިގެން އަލަށް އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީކޮށްދީފައިވަނީ ފާއިތުވި އެޕްރިލްމަހުގެ 25 ވަނަ ދުވަހުއެވެ.

ޕީއެންއެފްގެ އޮފީސް ޔާމިންގެ އަމިއްލަފުޅު ގެއަށް ބަދަލު ކުރަން ނިންމާފައިވާއިރު، ޕީއެންސީގެ އާ ޖަގަހަ، އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ކުރިން ހިންގި ތަނުގައި މިރޭ ހުޅުވުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.