ބައިނަލްއަގުވާމީ ޔޯގާ ދުވަސް އިންޑިއަން ހައިކޮމިޝަންއިން ފާހަގަ ކޮށްފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް އިންޑިއަން ހައިކޮމިޝަންއިން ފާހަގަ ކޮށްފި

ގުޅުންހުރި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް އިންޑިއަން ހައިކޮމިޝަންއިން ފާހަގަ ކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަންއިން ބުނެފައިވަނީ މި ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ޔޯގާއަށް ޝައުގުވެރިވާ ދިވެހިންނާއި އިންޑިއާ މީހުން ބައިވެރި ވެފައިވާކަމަށެވެ.

އިންޑިއަން ކަލްޗުރަލް ސެންޓަރއާއި އިންޑިއާ ހައިކޮމިޝަންއިން ގުޅިގެން ބޭއްވި މި ހަރަކާތުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވަނާ ސަފީރު މުނޫ މަހާވުރުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު މަހާވުރު ވިދާޅުވެފައިވަނީ ޔޯގާއަކީ ސަފާތްތަކާއި ގައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް، މީހުން އެއްބައިވަންތަކޮށް، ސިއްޙީ ގޮތުންނާއި އަދި ސުލްހައާއި ހަމަޖެހުމަށް ހިތްވަރުދޭ ހަރަކާތެއް ކަމުގައެވެ.

ޔޯގާ ހަރަކާތުގައި ސަފީރު މުނޫ މަހާވުރު ވާހަކަ ދައްކަވަނީ

ބައިނނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރުގެ ޖޫންމަހުގެ 21 ވަނަ ދުވަހު ތެރެއިން ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތްތައް ހިންގަމުން ދަނިކޮށް ދަނޑަށް އާންމު ރައްޔިތުން ވަދެ އެހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުުރުމުން ބޮޑެތި ހަމެނުޖެހުންތަކެއް ހިނގާފައި ވެއެވެ.

ޔޯގާ ހަރަކާތަކީ އިސްލާމްދީނާ ޚިލާފު ޝިރުގެ ޢަމަލެއްކަން ފާހަގަކޮށް ދީނީ ޢިލްމުވެރިން އަޑުއުފުލަމުން ދަނިކޮށް، ގަލޮޅު ދަނޑުގައި ކުރިޔަށްދިޔަ ޔޯގާ ޙަރަކާތް ހިންގުމުން އެކަމާ ދެކޮޅަށް ޢާންމުންގެ ތެރެއިން އެތައްބަޔަކުވަނީ ނުކުމެ، އެއްވި މީހުން ވަނީ އެޙަރަކާތް ހުއްޓުވާފައެވެ. އަދި އެީ ބޮޑު ހަމަނުޖެހުމެއްކަމަށްބުނެ ފުލުހުން އެމައްސަލަ ތަހުގީގުވެސް ކޮށްފައި ވެއެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކުރިއެވެ. އެހެންނަމަވެސް އެކަމުގައި އެއްވެސް މީހަކަށް ހާނީއްކައެއްވެފައި ނުވެއެވެ.

ގަލޮޅު ދަނޑުގައި އެއަހަރުގެ ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އެ ހަރަކާތުގައި އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުންގެ ގިނަބަޔަކުވެސް ބައިވެރި ވެފައެވެ.

ޔޯގާއަކީ އިސްލާމްދީނާއި ޚިލާފް ޝިރުކުގެ އަމަލެއްކަމަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވި ނަމަވެސް ޔޯގާފަދަ ސިއްޙީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހި ކުރިމަށްޓަކާ ކުރާ ކަސްރަތުތަކާއި ލަވަ ކިޔުމާއި މިއުޒިކް ކުޅުންފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތް ކަމުގައި ކުރީގެ ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ