އެމްޕީއެލްގެ ސީއީއޯގެ ނަމުގައި ފޭކް އެކައުންޓެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެ!

އެމްޕީއެލްގެ ސީއީއޯގެ ނަމުގައި ފޭކް އެކައުންޓެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެ!

Author
ހުސައިން
20 ޖޫން 2024 01:20
0

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމްގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހަދާ ހިންގަމުންދާތީ ސަމާލުވާން އެދިއްޖެއެވެ. އެކުންފުނިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމްގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހަދައި، އެ އެކައުންޓް މެދުވެރިކޮށް އެކި ފަރާތްތަކަށް މެސެޖްކުރަމުންދާ ކަމުގައެވެ.

 ވީމާ މިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް ދަންނަވަން.

އެމްޕީއެލްއިން ކުރި ފޭސްބުކު ޕޯސްޓުގައި ބުނެފައިވެއެވެ.

މިދުވަސްވަރަކީ އެމްޕީއެލްއިން ހިންގާ ބުނާ ކޮރަޕްޝަންގެ އަމަލްތައްކަމަށް ބުނެ، އެކްސްގައި ކާކުކަން ނޭގޭ ފަރާތަކުން ގިނަ މައުލޫމާތުތަކެއް އާންމު ކުރަމުންދާ ދުވަސްވަރެއްކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް މި މައުލޫމާތުތަކަކީ ސައްޙަ މައުލޫމާތުތަކެއްކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.