ފަތުރުވެރިކަން ކުރިއަރުވަން އިތުރު އިންވެސްޓަރ ފޯރަމްތައް ބާއްވަނީ

ފަތުރުވެރިކަން ކުރިއަރުވަން އިތުރު އިންވެސްޓަރ ފޯރަމްތައް ބާއްވަނީ

Author
ހުސައިން
20 ޖޫން 2024 10:25
0

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އިތުރު އިންވެސްޓަރ ފޯރަމްތަކެއް ބޭއްވުމަށް ރާވާފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ފައިސަލް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ މިގޮތުން ބާއްވާ ފުރަތަމަ އިންވެސްޓަރ ފޯރަމް ތައިލޭންޑުގައި ބޭއްވުމަށް ކަމަށެވެ.

އަޅުގަޑުމެން މަސައްކަތް ކުރަމުން މިދަނީ.. ތައިލެންޑުގަ ފުރަތަމަ ބާއްވަން. ތައިލޭންޑް، ސިންގަޕޯރ ދުބާއީ. ދެން އެހެންނަމަވެސް ބައެއް ފަހަރު އަޅުގަޑުމެންނަށް އެ ޓައިމްއާއި އެެ ހުރިހާ ގޮތަކަށް ބަލާފަ، ފަހަރެއްގަ ތަން ބަދަލުކޮށްލަންވެސް ޖެހިދާނެ. އެހެން ވެއްޖެއްޔާމު އަޅުގަޑުމެން ކުރީބައިގަ އެކަން އެގޮތަށް ކުރާނަން.

ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިންވެސްޓަރ ފޯރަމްތައް ބާއްވާތަންތަން ނިންމާނީ ރައީސް މުއިއްޒުއާއި އިތުރަށް މަޝްވަރާ ކޮށްފައި ކަމުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ، އިންވެސްޓަރުން ހޯދުމަށް އިންވެސްޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގުޅިގެން ފާއިތުވި ފެބްރުއަރީމަހުވެސް ވަނީ އިންވެސްޓްމަންޓް ފޯރަމްއެއް ބައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.