ނޭޕާލު މީހާ ރަހީނުކުރި މައްސަލަ: ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ނޭޕާލު މީހާ ރަހީނުކުރި މައްސަލަ: ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

Author
ހުސައިން
19 ޖޫން 2024 11:49
0

ގެސްޓް ހައުސެއްގައި ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި 2 މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ނޭޕާލް މީހަކު ރަހީން ކުރި މައްސަލާގައި ބަންދު ކޮށްފައިވަނީ ބަންގްލަދޭޝްގެ ދެމީހެކެވެ. ފުލުހުން ބުނެފައިވަނީ އޭގެ ތެރެއިން އެކެއްގެ ބަންދަށް އިތުރު 15 ދުވަސް ޖަހާދީފައިވާ ކަމުގައެވެ. އަދި ފުލުހުންގެ ބަންދުގައި ހުރި ދެވަނަ މީހާގެވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ނޭޕާލް މީހާ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ ގެސްޓް ހައުސްއެއް ތެރޭގައެވެ. ނޭޕާލުގެ ފިރިހެންމީހާ ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.

ފުލުހުން ކުރިން ބުނެފައިވަނީ، ނޭޕާލު މީހާ ރަހީނު ކޮށްގެން ގެންގުޅެމުންދާކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދަށް ގޮސް ރަހީނުކޮށްފައިވާ މީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އޭނާއަށް ރަހީނުކުރި މީހުން އަނިޔާ ކޮށްފައި ނުވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.