ރަނގަޅު ގޮތަކީ ދަރަޖަ ތަފާތު ކުރުމެއްނެތި ޙާފިޡުންނަށް އިނާމު ދިނުން: ޑރ.ޝަހީމް

ރަނގަޅު ގޮތަކީ ދަރަޖަ ތަފާތު ކުރުމެއްނެތި ޙާފިޡުންނަށް އިނާމު ދިނުން: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 01:15
0

ހާފިޒުންގެ މެދުގައި ދަރަޖަ ތަފާތު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށާއި، ހުރިހާ ޙާފިޡުންނާއިމެދުވެސް އެއް އުސޫލަކުން އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ނިންމުމާއި ގުޅިގެން ޝައިޚް ޝަހީމް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ޤުރުއާން ހިތުދަސްކުރަނީ ވަރަށް ބުރަ މަސައްކަތުން އެކުއްޖެއްޖެ ޤާބިލްކަން ހުރި މިންވަރަކުން ކަމަށެވެ. އެހެންކަމަށްވުމުން ޤުރުއާން ދަސްކުރުމަށް ކުރާ މަސައްކަތުގައި ތަފާތު ކުރުން ގެނެވޭ ގޮތަށް ޚާއްސަ ހަފްލާއެއްގައި އިނާމު ދިނުމުގެ ބަދަލުގައިު ހަމަހަމަ އުސޫލަކުން އަމަލު ކުރުމަށް ޑރޝަހީމް ވަނީ އެދިވަޑައިގެންފައެވެ.

ރަނގަޅު ގޮތަކީ ޙާފިޡުންގެ ދަރަޖަ ތަފާތު ކުރުމެއްނެތި އެންމެހާ ހާފިޒުންނަށްވެސް އެބޮޑު ހަފްލާގައި ޤައުމީ އިނާމު ދިނުން. ކޮންމެ ކުއްޖަކުވެސް ޤުރުއާން ދަސްކުރަނީ ވަރަށް މަސައްކަތުން އެކުޖެއްގެ ޤާބިލްކަން ހުރި ވަރަކުން.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

1 ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ. މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވެފައިވަނީ 4 ޙާފިޡުންނަށް ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.