އަންހެނުންނަށް ޚާއްސަ ތަކެތީގެ ވިޔަފާރިކުރާ "ސޮރީ ބޯއިސް" ފިހާރަ ފަޅާލައިފި

އަންހެނުންނަށް ޚާއްސަ ތަކެތީގެ ވިޔަފާރިކުރާ "ސޮރީ ބޯއިސް" ފިހާރަ ފަޅާލައިފި

Author
ހުސައިން
19 ޖޫން 2024 08:45
0

އަންހެނުންނަށް ޚާއްސަ ތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ " ސޮރީ ބޯއިސް " ފިހާރަ ފަޅާލައިފި އެވެ.

ފުލުހުން މިއަދު ބުނީ މާފަންނު މަޖީދީމަގަށްވާ ގޮތަށް "ސޮރީ ބޯއިސް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ މައުލޫމާތު ރޭ 3:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ ފިހާރައިން ރޭ ވަގަށް ގެންދިޔަ ބައެއް ތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

އީދު ބަންދާއި އެކު މާލޭގެ ބައެއް ސަރަހައްދުތަކުން ވައްކަމުގެ މައްސަލަތައް ވަނީ އިތުރު ވެފައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.