ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާޒިރުވެތިބި މުސްލިމުން މިއަދު އަރަފާތު ބިމަށް ޖަމާވާއިރު، އަރަފާތު ބިމުގައި މިއަދު ފިނި ހޫނުމިން ހުންނާނީ 45 ޑިގްރީ ސެލްސިއަސްގައި ކަމުގައި ސައުދީ އަރަބިއާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ.
އެހެންނަމަވެސް، މިސްޓިން ސިސްޓަމްތަކުން ފެށިގެން ހީޓް ރިފްލެކްޓިވް ރޯޑް ކަވަރިންއާ ހަމައަށް ސައޫދީ އޮފިޝަލުން ދަނީ ހައްޖަށް ދާ މީހުންނަށް ހޫނުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދަނީ ދެމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ދީނީ އެއްވުން ކަމުގައިވާ، ކޮންމެ އަހަރެއްގެ ވެސް ހައްޖުގެ އަޅުކަން މިއަހަރު އަނެއްކާވެސް ސައޫދީ ހޫނު މޫސުމާ ދިމާކޮށް، އޮފިޝަލުން ލަފާކުރާ ގޮތުގައި އެވްރެޖްކޮށް 45 ޑިގްރީ ސެލްސިއަސް (111 ފެރެންހައިޓް) ހުންނާނެ އެވެ.
މިދިޔަ އަހަރުން ފެށިގެން ހައްޖާޖީން ބޭނުންކުރާ މަގުތައް ވަނީ ހުދު ކުލައިގެ ފިނިކުރާ މެޓީރިއަލްއަކުން ނިވާކޮށްފައި ކަމަށާއި އޭގެ ސަބަބުން ފިނިހޫނުމިން 20 އިންސައްތަ ދަށްކޮށްދޭ ކަމެއް ކަމަށް ސައޫދީ އޮފިޝަލުން ބުނެފައި ވެއެވެ. އޭގެ އިތުރުން ވޮލެންޓިއަރުން ފެނާއި ކުޑަތައް ބަހާ، ހައްޖުވެރިންނަށް ހައިޕަތަރްމިއާ އިން ދުރުހެލިވުމަށް ނަސޭހަތްދޭއިރު، މިސްޓިން ސިސްޓަމްތަކާއި އެއާކޮންޑިޝަން ޝޮޕިން މޯލްތަކުން ނަމާދުގެ މެދުގައި ވަގުތީ ލުޔެއް ލިބޭނެ އިންތިޒާމްތައްވެސް ހަމަހައްސާފައިވާކަމަށް ސައުދީ އޮފިޝަލުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ