ދިވެހި ހައްޖުވެރިންގެ އެންމެ ފަހު ގުރޫޕް މިއަދު ފުރައިފި

ދިވެހި ހައްޖުވެރިންގެ އެންމެ ފަހު ގުރޫޕް މިއަދު ފުރައިފި

Author
ހުސެއިން
10 ޖޫން 2024 08:35
0

ރާއްޖޭގެ މިއަހަރު ޙައްޖަށްދާ އެންމެ ފަހު ގްރޫޕް މިއަދު މިއަދު ފުރައިފިއެވެ. މިއަދު ހަވީރު ސައުދީ އެއާލައިންގެ ފްލައިޓެއްގައި ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕު ފުރާފައިވާއިރު، އެ ފްލައިޓުގައިވަނީ މިއަހަރުގެ ޢަމީރުލް ޙައްޖުގެ ގޮތުގައި މައްކާއަށް ވަޑައިގަންނަވާ، ތަޢުލީމީ ވުޒާރާގެ ވަޒީރު، ޑރ. ޝަފީއުވެސް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް މިއަދު ފުރާވަޑައިގެންފައެވެ.

ދިވެހި ދައުލަތުގެ ފަރާތުން ޙައްޖުގައި ރާއްޖެ ތަމްސީލްކުރާ އިސްބޭފުޅެއްގެ ގޮތުގައި، އަދި ރާއްޖޭގެ ހައްޖާޖީންގެ އިސް ބޭފުޅެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ކަނޑައަޅާ އަމީރުލްހައްޖުގެ ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މިއަހަރު އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ޑރ. ޝަފީޢުގެ ބެއްލެވުމުގެ ދަށުންނެވެ.

ޢަމީރުލް ޙައްޖުގެ ގޮތުގެ ގޮތުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުންވައި ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ޙައްޖުވެރިންގެ ކަންކަން ވަނީ އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިކަމަށެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ފުރާފައި ވަނީ ހަތަރު ގްރޫޕަކަށެވެ. ފުރަތަމަ ގްރޫޕް 31 މެއި 2024 ގައި ފިރާފައިވާއިރު އެ ގްރޫޕްގައި 296 ހައްޖާޖީން ވަނީ މައްކާއަށް ގޮސްފައެވެ. ޖޫން 3 ގައި ފުރި ދެވަނަ ގްރޫޕްގައި 354 ހައްޖާޖީން ފުރިއެވެ. އަދި ބާކީ ތިބި ހައްޖުވެރިން ފުރާފައި ވަނީ ޖޫން 7 ވަނަ ދުވަހާއި މިއަދު އެވެ.

މީގެ އިތުރުން މިފަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާ އިން، ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ވަނީ ދީފައެވެ. އެމީހުން ފުރީ ޖޫން 7 ގައެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.