އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 37 ހާހަށްވުރެ މައްޗަށް ހިގައެޖެއެވެ.
ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އިސްރާއީލުގެ އުދުވާންގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރުވަނީ 37،084 އަށް އަރާފައެވެ. މީގެ ތެރޭގައި 15،000 ކުޑަކުދިންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 84،494 ރައްޔިތުންނަށް ވަނީ 7 އޮކްޓޯބަރުގެ ފަހުން އަނިޔާ ވެފައެވެ.
އަދި ހަމަ މި ދުއްތުގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 532 މީހަކު އިސްރާއީލުން ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރޭގައި 133 ކުޑަކުދިންވެސް ހިމެނެއެވެ. އަދި 5،000 އާންމު ރައްޔިތުންނަށް އަނިޔާވެސް ވެފައި ވެއެވެ.
7 އޮކްޓޯބަރ ހާދިސާއަށްފަހު މަރުވެފައިވާ އިސްރާއިލު ރައްޔިތުންގެ އަދަދަކީ 1،139 އެވެ. މި މުއްދަތުގައި އަނިޔާވި އިސްރާއީލު މީހުންގެ އަދަދަކީ 8،730 އެވެ.
ކޮމެންޓު ފޮނުވާ