ހައްޖު ކޯޕަރޭޝަންއިން ހައްޖަށްދާ ފަހު ގުރޫޕު މިއަދު ފުރާނެ

ހައްޖު ކޯޕަރޭޝަންއިން ހައްޖަށްދާ ފަހު ގުރޫޕު މިއަދު ފުރާނެ

Author
ހުސައިން
07 ޖޫން 2024 03:36
0

ހައްޖު ކޯޕަރޭޝަންއިން ހައްޖަށްދާ ފަހު ގުރޫޕް މިއަދު ފުރާނެއެވެ. ހައްޖުވެރިން މިހާރުތިބީ ފުރަން ތައްޔާރުވެ އެއަރޕޯޓުގައެވެ.

ހައްޖު ކޯޕަރޭޝަންގެ އެހީގައި ހައްޖާދާ މީހުންގެ ފުރަތަމަ ގުރޫޕް ފާއިތުވި ހުކުރު ދުވަހު އަދި ދެވަ ގުރޫޕް ވަނީ މިހަފްތާގެ ހޯމަދުވަހު ފުރާފައެވެ.

އޭގެ އިތުރުން ސަރުކާރުގެ ޚަރަދުގައި ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މާދަމާ ރޭ މައްކާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ ތަނަވަސްކަންނެތް 1000 މީހުން ޙައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އެންމެ ފުރަތަމަ ހައްޖަށް ފޮނުވަން ހަމަޖައްސާފައިވަނީ 50 ފަޤީރުންނެވެ.

ޙައްޖަށް ފޮނުވުމުގައި ފަޤީރުންގެ ގޮތުގައި ބަލަނީ އިސްލާމިކް މިނިސްޓްރީގައި އޮންނަ ފަގީރުންގެ ލިސްޓަށް ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ. އަދި ސަރުކާރުން ނިންމާފައިވަނީ ކޮންމެ އަހަރަކުވެސް ވަކި ޢަދަދެއް ހިލޭ ހައްޖަށް ފޮނުވާ ގޮތަށެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އުންމީދަކީ މި ފަސް އަހަރު ނިމުމުންވެސް ދާއިމީކޮށް ކުރިއަށްދާ ކަމެއްގެ ގޮތުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވުން ދެމިއޮންނާނެ ކަމަށެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.