ސައުދީ އަރަބިއާއަށް މިރޭ ހަނދު ފެނުމާއި ގުޅިގެން މާދަމާއަކީ މިއަހަރުގެ ހައްޖުމަހުގެ ފުރަތަމަ ދުވަސްކަމަށާއި، މިމަހުގެ 15 ވަނަ ދުވަހަކީ ހައްޖު ދުވަސްކަމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ. އަދި ސައުދީ އަރަބިއާއަށް މިއަހަރުގެ އަޟުހާ އީދު ދުވަހަކީ މިމަހުގެ 16 ވަނަ ދުވަސްކަމަށްވެސް ސައުދި ސަރުކާރުން ވަނީ ނިންމާފައެވެ.
މިއަހަރުގެ ސަރުކާރުގެ ޚަރަދުގައި ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މާދަމާ ރޭ މައްކާއަށް ފުރުމަށް ހަމަޖެހިފައިވާއިރު، ހައްޖު ކޯޕަރޭޝަންގެ އެހީގައި ހައްޖާދާ މީހުންގެ ފުރަތަމަ ގުރޫޕް ފާއިތުވި ހުކުރު ދުވަހު އަދި ދެވަ ގުރޫޕް ވަނީ މިހަފްތާގެ ހޯމަދުވަހު ފުރާފައެވެ. ހައްޖު ކޯޕަރޭޝަންގެ ފަހު ގުރޫޕް މާދަމާ ފުރާނެއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. އަދި މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
ކޮމެންޓު ފޮނުވާ