ތުންފަތުން ހަންފޮޅުމާއި ތުންފަތް ހިކުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި ތުންފަތް ރީތި ކުރުމަށް އަބަދު ލިޕް ބާމު ބޭނުންކުރުމަކީ މިކަމަށް އޮތް ހައްލެއްނޫނެވެ.
މަޝްހޫރު ފިލްމީ ތަރި ސޯނަމް ކަޕޫރު ވަނީ ތުންފަތް ރީތިކޮށް ބެހެއްޓުމަށް ގޭގައި ތައްޔާރުކޮށްލެވޭ ރެމެޑީތަކެއް އަޖުމަ ބަލާލަންބުނެފައެވެ.
ސޯނަމް ކަޕޫރަކީ އަބަދުވެސް ކަންކަމުގައި ގޭގައި ތައްޔާރުކޮށްލެވޭ ރެމެޑީތައް ބޭނުންކުރާ ތަރިއެކެވެ. ދާދިފަހުން އޭނާވަނީ ރީތިވުމަށްޓަކައި ކުރެވޭނެ ކަންތައްތައް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ސޯނަމް ބުނިގޮތުގައި އޭނާގެ ފޮލޯވަރުންނަށް ކިޔައިދެނީ އޭނާ އަމިއްލައަށް ތަޖުރިބާކޮށް އޭގެ ރަނގަޅު ނަތީޖާ ފެންނަ ރެމެޑީތަކެވެ. އަދި ފޭނުންނަށްވެސް ވަނީ ސޯނަމްގެ މިފަދަ ރެމެޑީތައް ވަރަށް ކަމުދާކަން ފާހަގަކުރެވެ އެވެ.
މި ކިޔައިދެނީ ސޯނަމްގެ ތުންފަތް ރީތިކޮށް ބެހެއްޓުމަށް ތައްޔާރުކުރާ 2 ރެމެޑީއެކެވެ.
- ހަކުރު އަދި މާމުއި ލިޕް ސްކުރަބް
ތަށްޓަކަށް ހަކުރާއި މާމުއި އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިނގިލިން އެތިކޮޅެއް ނަގައި ތުންފަތުގައި ހާކާލާށެވެ. އަދި ދޮވެލާށެވެ. ނުވަތަ ބޯލިޔަސް ރަނގަޅުވާނެއެވެ. އެއީ ސޯނަމް ހަދާގޮތްކަމުގައި އޭނާ ބުނެއެވެ. މިއީ ތުންފަތުން ހަންފޮޅުމަށް ހައްލެއް ގެނެސްދޭ ރެމެޑިއެއްކަމުގައި ސޯނަމް ބުނެއެވެ.
- ކާށިތެޔޮ ލިޕް ސްކުރަބް
ރޭގަނޑު ނިދާގަޑީގައި ކާށިތެޔޮކޮޅެއް ހާކާލާށެވެ. އެއަށްފަހު ހެނދުނު ނިދާ ހޭލައިގެން ދޮވެލާށެވެ. ކާށި ތެލުގައި ނުބައި ވަހެއް ހުންނަ ނަމަވެސް އެއީ ތުންފަތް ހިކިފައި ހުރުމަށް ހައްލެއް ގެނެސްދޭ އެއްޗެއް ކަމުގައި ސޯނަމް ބުނެއެވެ. އޭނާގެ ބައިވަރު ރެމެޑީތަކުގައި ކާށިތެޔޮ ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ގައިގެ ހަންގަނޑު ކުރަކި ވެފައި ހުރުމުންވެސް ކާށިތެޔޮ އުނގުޅާލުމުން ރަނގަޅުވާކަމަށް ސޯނަމް ވަނީ ބުނެފައެވެ.