ފާއިތުވި އޮކްޓޯބަރ 7 އަށްފަހު އިސްރާއީލުން ފަލަސްތީނުގެ 8،800 މީހުން ހައްޔަރު ކޮށްފައިވާކަމަށް އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުން ބުނެފިއެވެ.
ދަ ކޮމިޝަން ފޮރ ޑިޓެއިނިންސް އެފެއާޒް، ދަ ފަލަސްޠީނުގެ ޕްރިޒަނަރސް ސޮސައިޓީ އަދި އައްޑަމީރު އެސޯސިއޭޝަން ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ މި އަދަދުގެ ތެރޭގައި ހިމެނެނީ:
293 އަންހެނުން
620 ކުދިން
75 ނޫސްވެރިން
އިދާރީ ގޮތުން ބަންދުކުރުމުގެ އަމުރު ތަންފީޒުކުރި 5900 އަށްވުރެ ގިނަ މީހުން
އެ ޖަމިއްޔާތަކުން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޖަލުއޮފިޝަލުން ގެންގުޅޭ އަނިޔާވެރި ޓެކްޓިކްސްގެ ތެރޭގައި މާޔޫސްކުރުވުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ބަންދުގައި ތިބޭ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް އިންޒާރު ދިނުން ހިމެނޭ ކަމަށެވެ.
އެ ޖަމާއަތްތަކުން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޖަލުތަކާއި އަސްކަރީ ކޭމްޕްތަކުގައި 18 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
އެ ތަފާސް ހިސާބުތަކުގައި ޣައްޒާއިން ބަންދުގައި ތިބި މީހުން ހިމަނާފައެއް ނުވެއެވެ. އޭގެ ސަބަބެއްކަމުގައި ބުނެފައިވަނީ، އަދަދުތަކާއި ބެހޭ އެއްވެސް މައުލޫމާތެއް އެ ޖަމާއަތުން އިސްރާއީލުން ނުދިނުމާއި، މީހުން ގެއްލުވާލަމުން ދިއުމުގެ ސަބަބުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ