އިރާނުގެ ރައީސްއާއި ފޮރިން މިނިސްޓަރ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރ ގެއްލިއްޖެ!

އިރާނުގެ ރައީސްއާއި ފޮރިން މިނިސްޓަރ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރ ގެއްލިއްޖެ!

Author
ހުސެއިން
19 މެއި 2024 08:48
0

އިރާނުގެ ރައީސްއާއި ފޮރިން މިނިސްޓަރ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރ ގެއްލިފައިވާ ކަމަށް ބައިނަލްއަޔުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އީރާނުގެ ރައީސްގެ އިތުރުން ފޮރިން މިނިސްޓަރވެސް ދަތުރު ކުރައްވަމުން ގެންދެވި ކޮންވޯއީއެއްގައި  ހިމެނޭ  އެއް ހެލިކޮޕްޓަރެއް އެކްސިޑެންޓެއް ހިނގައިފި ކަމަށް އިާނުގެ މީޑިއާތަކުންވަނީ ބުނެފައެވެ. އަދި އެކްސިޑެންޓްވި ހެލިކޮޕްޓަރުގައި އިރާނުގެ ރައީސްއާއި ފޮރިން މިނިސްޓަރއާއި ދެބޭފުޅުން ތިއްބެވިކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހެލިކޮޕްޓަރު – ކޮންވޯއީއެއްގައި ދަތުރުކުރި ތިން ހެލިކޮޕްޓަރގެ ތެރެއިން އެއް ހެލިކޮޕްޓަރުވަނީ "ކުއްލި ހާލަތުގައި" ބިމަށް ތިރިކޮށްފައެވެ. އަދި އެ ސަރަހައްދުގައި ވިއްސާރަވެ ވަރަށް ބޮޑަށް ފޮގު އުފެދިފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އިރާނުގެ އިންޓީރިއާ މިނިސްޓަރު އަހުމަދު ވަހީދީ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެތަނަށް ދިއުމަށް ސަލާމަތީ ފަރާތްތަކަށް ދަތިވި ނަމަވެސް އަދިވެސް އެ ސަރަހައްދަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި ހެލިކޮޕްޓަރ އެކްސިޑެންޓްވިކަމަށް ބުނާ ސަރަހައްދަށް އިރާނުން މިހާރުވަނީ ޑްރޯންތައް ފޮނުވާފައެވެ.
ރައިސީ އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒް ސިޓީއަށް މިސްރާބު ޖެހީ އީރާނާއި އަޒަރުބައިޖާންގެ ބޯޑަރު ސަރަހައްދުން އެނބުރިއައި މަގުމަތީގައި ކަމަށް ލޯކަލް މީޑިއާތަކުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.