އާއިޒާ ހާން އެކްޓިންއާ ދުރަށް

އާއިޒާ ހާން އެކްޓިންއާ ދުރަށް

Author
ފާތިމަތު ނާވީ
17 މެއި 2024 10:03
0

ޕާކިސްތާން ގެ މަޝްހުރު ބަތަލާ އާއިޒާ ހާން އެކްޓިން އާއި އަލްވަދާއު ކިއުމަށް ތައްޔާރު ވެއްޖެއެވެ.

އައިޒާ ޕާކިސްތާން ގެ ފިލްމް އިޑަސްޓްރީއަށް ތައާރަފްވީ 2009 ވަނަ އަހަރުގެ ސިލްސިލާ ޑްރާމާ " ތުމް ޖޯ މިލޭ" އިންނެވެ. އޭނާ ވަނީ މިހާތަނަށް ކާމިޔާބު އެތަށް ޑްރާމާ ތަކެއްގައި މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Ayeza Khan (@ayezakhan.ak)

ޕާކިސްތާން ގެ އެންމެ ކާމިޔާބު ބަތަލާ އިންގެ ލިސްޓްގެ އެންމެ ކުރިން ޖާގަ ހޯދާ ބަތަލާ ގެ ކެރިއަރު ނިންމާލަށް ބޭނުންވާ ވަކި ސަބަބެއް މިހާތަނަށް އަދި ބުނެފައި އެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ފަހު ޕްރޮޖެކްޓް އަކީ މިހާރު ކުޅެމުން އަންނަ ޑްރާމާ ކަމަށް ބުނެފައިއެވެ.

ސޯޝަލް މީޑިއާގައި އޭނާ އާންމު ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާ މިހާރު ކުޅެމުން އަންނަ ޑްރާމާ "ޖާނެ ޖަހާން" އަކީ އޭނާގެ އެކްޓިގް ކެރިއަރުގެ ގެ ފަހު ޕްރޮޖެކްޓް ކަމަށެވެ.

"ޖާނެ ޖަހާން" ގައި އޭނާ ފެނިގެން ދަނީ ހަމްޒާ އަލީ އައްބާސް އާއި އެކުގައިއެވެ. މި ޑްރްމާގެ ކާސްޓުގައި ހާރިސް ވަހީދު، އިމާދް އިރްފާނީ، ސަވޭރާ ނަދީމް، ނަވާލް ސައީދް އަދި މަރިޔަމް ނަފީސް ފަދަ ތަރިން ހިމެނެއެވެ. މީގެ އިތުރުން މި ޑްރާމާ އަކީ މިހާރު ވަރަށް ބޮޑަށް ވައިގައި ހިފައިފައިވާ ޑްރާމާއެއްވެސް މެއެވެ.

 

View this post on Instagram

 

A post shared by Ayeza Khan (@ayezakhan.ak)

33 އަހަރުގެ ބަތަލާ ވަނީ 2014 ވަނަ އަހަރު މަޝްހޫރު އެކްތަރު ދާނިޝް ތައުމޫރު އާއި ކައިވެނި ކޮށްފައިއެވެ. އަދި މި ކައިވެނި ވަރަށް އުފާވެރި ކަމަށް ބުނެ އޭނާ ވަރަށް ގިނަ އިން އެ ވާހަކަ ދައްކާ ވެސްމެއެވެ. މި ކައިވެނިން އެދެމަފިރިން ނަށް ވަނީ 2 ކުދިން ލިބިފައިއެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.