ބޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު/ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒެއްގެ މަސައްކަތް، މަޝްހޫރު ޓީވީ އެކްޓަރު ނަހުލް މެހެތާ ފަށައިފި އެވެ.
ކާމިޔާބު ސިލްސިލާ ޑްރާމާ ތަކަކުން ފެނިގެން ގޮސްފައިވާ 41 އަހަރުގެ އެކްޓަރާއި އެކުގައި މި ވެބް ސީރީޒް އިން ފެނިގެންދާނީ ތަމަންނާ ބާޓިއާ އާއި ޑަޔާނާ ޕެންޓީ އެވެ.
ވިޔަފާރީގެ ގުޅުންތަކެއްގެ އުފެދޭ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދަމުން އަންނަ "ޑޭރިން ޕާޓްނާސް" ގެ ޑައިިރެކްޓަރުންނަކީ އަރްޗިޓް ކުމާރާއި ނިޝާންތު ނައިކް އެވެ.
ދަރުމާގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓްގެ މި ވެބް ސީރީޒް ގެ ޝޫޓިން މިހާރު އަންނަނީ ވަރަށް ބާރު ސްޕީޑުގައ ކުރަމުންނެވެ. ނަމަވެސް މި ބެސް ސީރީޒް ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ.
ސްޓާ ޕްލަސް އިން ކުރިން ގެނެސްދިން މަގުބޫލު ސިލްސިލާ "އިޝްގްބާޒް" ގެ ބަތަލު ނަކުލް އެންމެ ފަހުން ފެނިފައި ވަނީ ސޮނީ ޓީވީން ގެނެސްދިން ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ސީޒަން ތިނެކުންނެވެ.
ކޮމެންޓު ފޮނުވާ