ކަލާސް ޗެނަލް އިން ގެނެސްދިން ރިއަލިޓި ޓިވީ ޝޯވ "ބިގްބޮސް 16 "ގައި ވާދަކުރި އަބްދު ރޯޒިކް ޔޫއޭއީގެ މީހަކާ އެންގޭޖްވިކަން އިއުލާންކޮށްފި އެވެ.
"ބިގްބޮސް 16″ ގައި ވާދަކުރި 20 އަހަރުގެ އަބްދު އާންމު ކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ އޭނާއަށް ހަގީގީ ލޯބި ފެނިއްޖެ ކަމަށާއި ލޯބިވެރިޔާއާއި އަންނަ ޖުލައިގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށެވެ. އެ ވީޑިއޯގައި އަބްދު ވަނީ އެންގޭޖްމެންޓް އަނގޮޓި ވެސް ދައްކާލާފަ އެވެ.
އެ ޕޯސްޓްގައިވާ ގޮތުން ޝާރުޖާ އަށް ނިސްބަތްވާ އާމިރާއާ އަބްދޫ އެންގޭޖްވީ މިދިޔަ މަހުގެ 24 ގަ އެވެ. އަބްދޫ އަކީ ކަޒަކިސްތާން އަށް އުފަން ލަވަ ކިއުންތެރިއެއްގެ އިތުރުން ސޯޝަލް މީޑިއާ އިންފުލުއެންޒާއެއް ވެސް މެއެވެ. ނަމަވެސް އާމިރާއާ ބެހޭ މާ ގިނަ މައުލޫމާތެއް މިހާތަނަކަށް ލިބިފައެއް ނުވެ އެވެ. އެންގޭޖްމަންޓް ފޮޓޯތަކުގައި އޭނަގެ މޫނު ވެސް ދައްކައިފައެއް ނުވެ އެވެ.
އަބްދު އާންމުގެ މެދުގައި އެންމެ ބޮޑަށް މަގުބޫލު ވެގެންދިއައީ ވެސް "ބިގްބޮސް" އިންނެވެ. އިސްކޮޅުން ކުރު އަބްދޫ ކައިވެނި ކުރާނެ ކަމަށް ބުނެފައިވަނީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހުގައިއެވެ
ކޮމެންޓު ފޮނުވާ