ވިލިމާލޭގެ މަގުމަތީގައި ކުރަހާފައި ހުރި ގްރެފިޓީތައް މާލެ ސިޓީ ކައުންސިލުން ފިލުވަން ފަށައިފިއެވެ
މާލެ ސަރަަހައްދުގައި މި ގޮތަށް މީހުންގެ އަމިއްލަ އިމާރާތްތަކާއި ދައުލަތުގެ އިމާރާތްތަކުގެ އިތުރުން މިސްކިތްތަކުގައި ވެސް ގްރެފިޓީ ކުރަހާފައި ހުރެ އެވެ. މީގެ ތެރޭގައި މުޖުތަމައާ ނުގުޅޭ ބޭއަދަބީ ނިޝާން ދައްކުވައިދޭ ކުރެހުންތައް ވެސް ހިމެނެ އެވެ.
މިފަދަ އެއްޗެހި ފުހުމުގެ މަސައްކަތް އަބަދުވެސް މާލެ ސިޓީ ކައުންސިލުން، ފުލުހުންނާ ގުޅިގެން ހިންގަ އެވެ. މާލޭގެ އެކި ކަންމަތިތަކުގައާއި އަދި މަގުތަކުގައިވެސް ގްރެފިޓީތައް ކުރެހުމަކީ އާންމު ކަމެކެވެ. އޭގެ ތެރެއިން ބައެއް ގްރެފިޓީތައް މާލޭގެ ބައެއް ގޭންގުތަކަށް ނިސްބަތްވާއިރު، ބައެއް ގްރެފިޓީތަކަކީ އާޓިސްޓުންގެ މަސައްކަތްތަކެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ ފިލުވަން ފަސާފައިވަނީ ނުރަގަޅު ގްރެފިޓީތައް ކަމުގައެވެ.
ކޮމެންޓު ފޮނުވާ