ސިފައިންގެ ކުރީގެ ޗީފް އަބްދުއްރަހީމް ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް

ސިފައިންގެ ކުރީގެ ޗީފް އަބްދުއްރަހީމް ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް

Author
ހުސެއިން
07 މެއި 2024 11:36
0

ސިފައިންގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރަށްވައިފިއެވެ.

މިކަން ހާމަވީ ޚާރިޖީ ވުޒާރާއިން މީސްމިޑިއާގައި އެވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ ޙައިސިއްޔަތުން ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް ޚާރިޖީ ވުޒާރާގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފައިވާ ކަން ހާމަ ކުރުމުންނެވެ.

އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހޫގޯ ޔޮންއާއެކު ޚާރިޖީ ވުޒާރާއިން ބޭއްވެވި ބައްދަލުވުމުގައެވެ

ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެވުނުކަން ރައީސް އޮފީހުން މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ނަން ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް އަދިވެސް ހިމަނާފައެއް ނުވެއެވެ.

އަދި އޭނާ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ސަފީރަކަށް ހަމަޖެއްސެވުމަށް މިސަރުކާރުން ނިންމަވާފައިވާކަމަށް ސޯޝަލް މީޑިއާގައިވަނީ އަޑު ފެތުރިފައެވެ.

ތުރުކީގައި ރާއްޖޭގެ އެންބަސީއެއް ފުރަތަމަ ފަހަރަށް ގާއިމް ކުރުމަށް ނިންމާފައިވަނީ ފާއިތުވި ފެބްރުއަރީމަހުގެ 13 ވަނަ ދުވަހުއެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ. ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.