ސަރުކާރުން ހަދާ އަސްކަރީ އަދި ޑިފެންސާއި ގުޅުންހުރި އެއްބަސްވުންތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި މަޖިލީހަށް ކަމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުތަކުން ހަދާފައި ހުންނަ އަސްކަރީ އެއްބަސްވުންތަކަކީ ވަކި ނިޒާމެއްގެ ދަށުން މައުލޫމާތުތައް ހާމަ ކުރެވެން ހުންނަ އެއްބަސްވުންތައްކަމުގައެވެ.
ހީނާ ވިދާޅުވީ، ކުރިންވެސް ދައްކަމުން ދިޔައީ އެ އެއްބަސްވުންތައް ހާމަ ނުކުރަނީ ކިއްވެގެންތޯ އާއި ކޮމެޓީތަކަށް ހާމަކޮށްދިނުމާއި ގުޅޭގޮތުން ކަމުގައެވެ.
ހާއްސަކޮށް އަސްކަރީ އެއްބަސްވުންތައް، ޑިފެންސްއާ ގުޅުން ހުރި އެއްބަސްވުންތައް، މިއީ ހާއްސަ ނިޒާމެއްގެ ދަށުން މަައުލޫމާތު ދެވެން ހުންނަ އެއްޗެހި، މިސާލަކަށް ރައްޔިތުންގެ މަޖިލީހަށް، ނޫނީ މަޖިލީހުގެ ކޮމެޓީއަކަށް މައުލޫމާތު ދެވޭ އެއްޗެހި.
ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ އޭރު ދައްކަމުންދިޔަ ވާހަކައަކީ ރައްޔިތުންގެ މަޖިލިހުން ރުހުން ނުހޯދާ އެއްބަސްވުންތަކެއް ހެދި ވާހަކ ކަމުގައެވެ.
އޭނާ ވިދާޅުވީ، ބައެއް އެއްބަސްވުންތަކަކީ މަޖިލީހުގެ ކޮމެޓީތަކަށްވެސް މައުލޫމާތު ދޭން ޖެހޭ އެއްބަސްވުންތައް ކަމަށާއި އެނޫން މައުލޫމާތު ސަރުކާރުން ހާމަކުރާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ