އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ދަތުރު ކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އެ މައްސަލަ ހައްލުކުރަން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އަމަލުކުރެއްވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެ އެވެ.
ޝެއިޚް އިމްރާނު ދުއްވަމުންދިޔަ ކާރުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި ހާދިސާ ހި ސަރަހައްދަށް އިންތިޚާބީ މެމްބަރު އިމްރާން ވަޑައިގެން ކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވަނިކޮށް، ރީކޯ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މަގުމަތީގާ އެކްސިޑެންޓެއް ވުމުން ނުވަތަ ފުލުހުންނަށް ޖަވާބުދާރީ ވާންޖެހޭނެ އެއްވެސް ކަމެއް ޢާއްމު މީހަކު ފިޔަވާ ދަވްލަތުގެ ޒިއްމާދާރު މަޤާމެއްގާހުރި މީކަށް ދިމާވިޔަސް ނުވަތަ މާޤާމު އަދާކޮށް ނިމިފަހުރި މީހަކާ ދިމާވިޔަސް އެއްމެ ރަނގަޅުގޮތަކީ ފުލުހުންގެ ނިންމުމެއް ލިބެންދެން ކެތްތެރިވެލެއްވުން ކަމުގައެވެ.
އަމިއްލަ އަށް ނިންމަންޖެހޭ ފަދަ މައްސަލަތަށް ދެފަރާތުން އެއްބަސްވެ ނިއްމޭނެ ގޮތް ޤާނޫނުގާ ހުރެދާނެއެވެ. އެކަމަކު ދެބަސްވެ ދާނެކަންކަމުގާ ރަނގަޅުގޮތަކީ ފުލުހުންގެ ނިންމުމަކާއެކު ޝަރީޢަތަށް ޖަވާބުދާރީ ވެވޭނެ ގޮތެއް ހޯދާފާއޮތުމެވެ. އެހެންނޫނީ މަގުމަތީ ކޯޓުހެދީތީ އެކަމާ ރުޅިއައިސް ޖޯކުޖަހާ ޝަރީއަތަށް ގެންދާހިސާބަށް ކަންކަން ނުދާނެތާއެވެ؟
އިއްޔެގެ ހާދިސައާ ގުޅޭގޮތުން މޫސަ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ޝެއިޚް އިމްރާނު ދުއްވަމުންދިޔަ ކާރުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި ހާދިސާ ހި ސަރަހައްދަށް އިންތިޚާބީ މެމްބަރު އިމްރާން ވަޑައިގެން ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ އެކްސިޑެންޓްވި ޕިކްއަޕްގެ ޑަރައިވަރަށް ޝެއިޚް އިމްރާމް މާފް ކޮށްދޭންޖެހޭ ކަމަށާއި، އެ ޑްރައިވަރަކީ ވަރަށް ބޮޑު ނިކަމެއްޗެއް ކަމުގައެވެ. އަދި ޝެއިޚް އިމްރާން އޭނާއަށް މާފް ނުކޮށްފިނަމަ، ޕިކަޕް ޑްރައިވަރުގެ ފަރާތުން އޭނާ ބަދަލު ދޭނެކަމުގައިވެސް އިންތިޚާބީ މެމްބަރު އިމްރާން ވިދާޅުވެފައިވެއެވެ.
ވީޑިއޯގައި ދެއްކު ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޝެއިޚް އިމްރާން ހުންނެވީ އެއްވެސް ވާހަކައެއް ވިދާޅުނުވެ ހަނުއެވެ.
ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރ އިމްރާން ލަތީފް އަމަލުކުރެއްވި ގޮތުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނަށް ނިސްބަތްކޮށް ދޮގު ތުހުމަތު ކޮށްފައިވާކަމަށްބުނެ އަދާލަތު ޕާޓީންވެސް ވަނީ އޭނާގެ އަމަލު ކުށްވެރި ކޮށްފައެވެ.
މި ހާދިސާއާއި ގުޅޭގޮތުން އަދާލަތު ޕާޓީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން މިއަދު ދަތުރުކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން, ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާން އަދި ޕިކަޕް ދުއްވި ޑްރައިވަރ މަޑުކުރައްވައިގެން ތިއްބަވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެ, ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް, ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް އެ ޕާޓީއިން ކުށްވެރިކުރާ ކަމުގައެވެ.
އަދާލަތު ޕާޓީގެ އެކްސް ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަން ކަމުގައެވެ.
އަދި އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިންވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫންކަމަށްވެސް އަދާލަތު ޕާޓީން ބުނެފައި ވެއެވެ.