މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ޗެއާޕާސަންއަކަށް ޖިހާދު ހަމަޖައްސަވައިފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ޗެއާޕާސަންއަކަށް ޖިހާދު ހަމަޖައްސަވައިފި

Author
ހުސައިން
30 އޭޕްރިލް 2024 11:01
0

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވާނިންގ ބޯޑު އެކަލަވާލައި ޗެއާޕާސަންއަކު އައްޔަނުކުރައްވައިފި އެވެ.

މިކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ. އެގޮތުން ސައީދު ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވާނިންގ ބޯޑު އުފައްދަވައި އެއިދާރާއިގެ ޗެއާޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ މާލީ ދާއިރާ އަށް އިންގިލާބެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު ފުރިހަމަ ވެގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އެއިދާރާގެ ޗެއާޕާސަންއަކަށް އައްޔަނުކުރެއްވި ޖިހާދު އަކީ ރާއްޖޭގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވުމުގެ އިތުރަށް ރާއްޖޭގެ މާލީ ވަޒީރުކަންވެސް މީގެ ކުރިން ކުރައްވާފައިވާ މަލީ ކަންކަމަށް ކުޅަދާނަ ބޭފުޅެކެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" (މިފްސާ) ގެ ނަމުގައި އިދާރާއީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ޤާނޫނު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށާއި، ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.