ކަރަން ގެ ހުށައެޅުމެއް އަޔޫޝްމާން އަށް

ކަރަން ގެ ހުށައެޅުމެއް އަޔޫޝްމާން އަށް

Author
ފާތިމަތު ނާވީ
01 މެއި 2024 11:24
0

ބޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު/ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކަށް އެކްޓަރު އަޔޫޝަމަން ކްރާނާ ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް ގެ ނަން އަދި ފައިނަލް ނުކުރާ ކަމަށް މީީޑިއާއިން ވަނީ ބުނެފައިއެވެ. އަދި މި ފިލްމް އިއުލާން ވެސް ނުކުރެއެވެ. ނަމަވެސް މި ފިލްމް އަކީ ސްޕައި ތްރިއްލާ އެއް ކަމަށް ވެއެވެ. މިފިލްމް ވެގެންދާނީ ކަރަންގެ ފިލްމް އަކުން އަޔުޝްމާން ފެނިގެންދާ ފުރަތަމަ ފަހަރަށެވެ.

 

View this post on Instagram

 

A post shared by Ayushmann Khurrana (@ayushmannk)

މި ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަން އާއި ޕްރޮޑިއުސަރު ގުނީތު މޮންގާ ގުޅިގެންނެވެ. އެ ދެ މީހުން ގުޅިގެން މި އަހަރުގެ ޖުލައިގައި ވަރުގަދަ އެކްޝަން ފިލްމެއް "ކިލް" ގެ ނަމުގައި ގެނެސްދޭން ވެސް ހަމަޖެހިފައިވެ އެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރުގެ މި ފިލްމް ވެގެން ދާނީ މީގެ ކުރިން އޭނާ ފެނިގެން ނުދާފަދަ ފިލްމް އަކަށް ކަމަށްވެއެވެ. ވަރަށް ތަފާތު ރޯލުތަކުން ފެނިފައިވާ އެކްޓަރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ "ޑްރީމް ގާލް 2″ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.