ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާލިބުނު އެކަކުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާލިބުނު އެކަކުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

Author
ހުސައިން
29 އޭޕްރިލް 2024 01:16
0

ފުވައްމުލަކު ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ހާލު ސީރިއަސްވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 10:48 ހާއިރު ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ވާއިރު ހާލު ސީރިއަސްވި މީހާއަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އަނިޔާވީ ތިން މީހުންނަށްވެސް ފަރުވާ ދެމުންދަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.