ތިމަރަފުށީ އެއާޕޯޓަށް ގެންދިޔަ މަގުމަތީގައި ނިޔާވި ކިނބިދޫގެ ދުވަސްވީ އަންހެން މީހާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންގޮސްފައި ވަނީ އެ އަތޮޅު ވޭމަންޑުއަށެވެ. ވޭމަންޑޫ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ބޭއްވުމަށްފަހު، ނިންމާފައި ވަނީ އިތުރު ފަރުވާ ދިނުމަށް ފްލައިޓުގައި މާލެ ފޮނުވާލުމަށެވެ.
މައުލޫމާތު ލިބޭ ގޮތުން ވޭމަންޑޫން ތިމަރަފުއްޓަށް ސީ އެމްބިއުލާންސްގައި އޭނާ ފޮނުވާފައި ވަނީ އޮކްސިޖަން ގުޅައިގެންނެވެ. ތިމަރަފުއްޓަށް ގެންދިއުމަށްފަހު އެ ރަށުން އެމްބިއުލާންސްގައި އެއާޕޯޓަށް ގެންދިޔަ މަގުމަތީގައި އޭނާ ތުރުތުރު އަޅަން ފެށުމުން އެމްބިއުލާންސްގައި ހުރި އޮކްސިޖަނަށް ބަދަލުކުރަން މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެކަމުގެ ތެރެއިން މައްސަލަ ދިމާވި ކަމަށް މައުލޫމާތު ލިބެ އެވެ. އާއިލާގެ ފަރާތުން ތުހުމަތުކޮށްފައި ވަނީ އެމްބިއުލާންސްގައި އޮކްސިޖަން ނެތް ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.