ރަސްމީ ދަތުރުފުޅެއްގައި ޒަމީރު ސައުދީއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޒަމީރު ސައުދީއަށް ފުރާވަޑައިގެންފި

Author
ހުސައިން
28 އޭޕްރިލް 2024 11:22
0

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ވަޒީރު މޫސާ ޒަމީރުސައުދީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގައި ބާއްވާ "ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރުގަދަކުރުމާއި ގުޅޭގޮތުން މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ލީޑަރުންނާއި ޚާރިޖީ ވަޒީރުންނާއި ބައިނަލްއަޤްވާމީ ޖަމިއްުޔާތަކާއި ވިޔަފާރިތައް ތަމްސީލްކުރައްވާ ފަރާތްތަކާއިވެސް ޚާރިޖީ ވަޒީރު ބައްދަލުކުރައްވާ، މަޝްވަރާތައް ބާއްވަވާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.

ސައުދީގައި ބާއްވާ މި ކޮންފަރެންސަކީ ވޯލްޑް އިކޮނޮމިކް ފޯރަމްއާއި ސައުދީ އަރަބިއްޔާ ގުޅިގެން ބާއްވާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ދާއިރާތައް ތަމްސީލްކުރާ 700 އެއްހާ ލީޑަރުން ބައިވެރިވާނެއެވެ. އަދި މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާތައް ބާއްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.