ކޯޓުގެ ޓިނު ނެގި ވާހަކަދައްކަނީ ބަޣާވާތުގެ ހަޤީގަތް އޮޅުވާލުމަށް: އާދަމް ޝަރީފް

ކޯޓުގެ ޓިނު ނެގި ވާހަކަދައްކަނީ ބަޣާވާތުގެ ހަޤީގަތް އޮޅުވާލުމަށް: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
20 ޑިސެމްބަރ 2020 10:13
0

ސުޕްރީމް ކޯޓުގެ ޓިނުނެގި ވާހަކަ ދައްކަނީ ބަޣާވާތުގެ ހަގީގަތް އޮޅުވާލުމަށްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސް ޔާމީން ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ،ވިދާޅުުވުމާއި ގުޅިގެންނެވެ. މިއީ މިކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ސުޕްރީމް ކޯޓްގެ ޓިނު ނެގި ވާހަކަ ދައްކަނީ ބަޣާވާތުގެ ހަގީގަތް އޮޅުވާލުމަށްކަމަށެވެ.2018 ފެބުރުއަރީ 1 ގައި ރައީސް ޔާމީން ކުއްވެރިވިކަމަކީ ޤާނޫނު އަސާސީ ނެގެހެއްޓުންކަމަށާއި، އެދުވަހު އެމަނިކުފާބު އަދާކުރެއްވީ "ޤާޒީ"ގެ ލަގަބު ހައްޤު ޤައުމީ ޒިންމާއެއްކަމަށެވެ. އެދުވަހު ދިވެހި ސިފައިންވެސް ދެއްކީ ޤައުމަށް އިޚްލާސްތެރިކަމުގެ މިސާލެއްކަމަށްވެސް، އެއިރު ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ.

މި އަމުރު އޭރުގެ ސަރުކާރުން ތަންފީޒު ނުކުރީ، މިއަމުރުގައި ތުހުމަތު ކުރެވޭ އެތައްކަމެއް ހާމަވެ، ސަރުކާރު ވައްޓާލަން ރޭވިގެންދެވުނު ހަމަލާއެއްކަމަށް ބުނެއެވެ. އަދި މި ނިންމުމަކީ ދައުލަތް ހިންގަން ބުރޫއަރައި، ގާނޫނުއަސާސީ އޮޅުންބޮޅުންވެދާނެ ކަމަށް ވާތީ އެއަމުރު ސަރުކާރުން ތަންފީޒު ކޮށްފައި ނުވެއެވެ. އަދި އެއީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ނެރުއްވި އަމުރެއް ކަމަށް ތުހުމަތު ކޮށް، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.