ގާބިލުކަން ޖަޖު ކުރާނީ ފަސް އަހަރު ވީމާ، ނޫނީ ރައީސް ހަވާލުކުރާ ކަމެއް އަޅުގަނޑަށް ނުކުރެވުނީމާ: ފައިސަލް

ގާބިލުކަން ޖަޖު ކުރާނީ ފަސް އަހަރު ވީމާ، ނޫނީ ރައީސް ހަވާލުކުރާ ކަމެއް އަޅުގަނޑަށް ނުކުރެވުނީމާ: ފައިސަލް

މި ސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު އޭނާގެ ގާބިލްކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދީފިއެވެ.

ލ. ފޮނަދޫ ދާއިރާގެ މެމްބަރުކަމަށް އޭނާ ބައްޕަ އަބުދުއްރަހީމް އިންތިޚާބު ވުމުގެ އުފަލުގައި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބޭއްވި ސައިކަލް ބުރަށްފަހު ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އޭނަގެ ގާބިލުކަން ޖަޖު ކުރާނީ ފަސް އަހަރު ވީމާ، ނުވަތަ ރައީސް ހަވާލުކުރާ ކަމެއް އޭނާއަށް ނުކުރެވުނީމާ ކަމުގައެވެ.

ގާބިލުކަން ޖަޖު ކުރާނީ ފަސް އަހަރު ވީމާ. ނޫނީ ރައީސް ހަވާލުކުރާ ކަމެއް އަޅުގަނޑަށް ނުކުރެވުނީމާ.

ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަކު އަނެކަކާ ޒުވާބުގެ ސިޔާސީ ހަމަނުޖެހުން އުފެއްދުމަކީ ރައްޔިތުން އެދޭކަމެއް ނޫންކަމަށާއި، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އިޚްލާސްތެރިކަމާއެކު ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިސަރުކާރުގެ އެއްވެސް މަގާމަކަށް ގާބިލް ނޫން މީހަކު ނުހުންނާނެކަމަށާއި، އަދި ރައީސް އިތުބާރު ނުކުރާ ބޭފުޅަކުވެސް އެއްވެސް މަގާމެއްގައި ނުހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފާޑު ކިޔާ ފަރާތްތަކަށް ރައްދު ދޭން ބޭނުން ނުވާކަމަށާއި އެއީ ކުރިއެރުމެއްމުގައި އޭނާ ދެކޭ ކަމުގައެވެ.

ފާޑުކިޔާ ބޭފުޅުންނަށް އަޅުގަނޑު އެއްވެސް ރައްދެއް ދޭކަށް ބޭނުމެއް ނޫން. އެއީ ކުރިއެރުމެއް.

ފައިސަލް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ފަރާތްކަމުގައި، ރައީސް މުއިއްޒުގެ ޚާއްސަ މުޝީރު އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލް ފަތުރުވެރިކަމާބެހޭ ވުޒާރާއަށް އައްޔަން ކުރެވުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔައެވެ.

އަދި ފަހަކަށް އައިސް ގައުމުން ބޭރުގެ ބައެއް ފޯރަމްތަކުގައި އޭނާ ދައްކަވާ ވާހަކަތަކަށްވެސް ގިނަބައެއްގެ ފާޑުކިއުންވަނީ އަމާޒު ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *