އަންނަ ކައުންސިލް އިންތިޚާބުގެ ކުރިން ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކުރަން ވައުދު ވެއްޖެ

އަންނަ ކައުންސިލް އިންތިޚާބުގެ ކުރިން ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކުރަން ވައުދު ވެއްޖެ

Author
ހުސެއިން
26 އޭޕްރިލް 2024 08:48
0

އަންނަ ކައުންސިލް އިންތިޚާބުގެ ކުރިން ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކުރާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި ބޮޑު ވެހިކަލް ބުރަށް ފަހު ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އޭނާ ދެން އެންމެ ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާތަން ކަމަށެވެ.

އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު.

ފައިސަލް ވިދާޅުވި އެވެ.

އެ ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްގީގެ ހުރިހާ ކަމެއް މި ސަރުކާރުގައި ގާއިމުކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަރައްގީވެފައި އޮތް ސިޓީ އަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް މުއިއްޒުގެ މި ސަރުކާރުގައި.

ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހިސާބަށް އައިސްފައި ކަމަށާއި އެކަން ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.