އެސްޓީއޯ އައިފާން ބިލްޑިންގެ ނަން އެސްއެފްއެމް ނަމަށް ބަދަލުކުރުމަކީ މިސަރުކާރުން މިހާތަނަށް ހިންގި އެންމެ ބިޔަ މަޝްރޫޢުކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެފްއެސްއެމް ބިލްޑިންގެ ނަންބޯޑު އިފްތިތާޙް ކޮށްދެއްވީ އެސްޓީއޯ ގްރޫޕްގެ ސީއީއޯ ހުސެން އަމްރުއެވެ. މިއާއެކު ޢިމާރާތުގައި ދިވެހި ދިދާއާއި އެސްޓީއޯ އާއި އެފްއެސްއެމްގެ ދިދަވަނީ ނަގާފައެވެ. އެފްއެސްއެމްގެ އަހަރީ ދުވަހާ ގުޅުވާ އެސްޓީއޯއިން ވަނީ ކުންފުނީގެ 8.5 މިލިއަން ލީޓަރުގެ ސްޓޯރޭޖްގެ ތެޔޮ ޓޭންކަރ (އަލިހުރަސް) އެފްއެސްއެމްއަށް ބަދަލުކޮށްފައެވެ. މިކަމާއި ގުޅިގެން މުސްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ މިސަރުކާރުގައި ހިންގި އެންމެ ބޮޑު މަޝްރޫޢުކަމަށެވެ. އަދި މިސަރުކާރުން އެޅި އެންމެ ބޮޑު ބިނާކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ.
Mi sarkaaru ga hingi enme bodu project. Adhi mi Sarukaarun elhi enme bodu binaa. Aifaan building. pic.twitter.com/qHQjbj6fMc
— Mohamed Musthafa (@Thimarafushi) December 19, 2020
އެފްއެސްއެމްގެ އަހަރީ ދުވަހާ ގުޅުވާ އެސްޓީއޯއިން ވަނީ ކުންފުނީގެ 8.5 މިލިއަން ލީޓަރުގެ ސްޓޯރޭޖްގެ ތެޔޮ ޓޭންކަރ (އަލިހުރަސް) އެފްއެސްއެމްއަށް ބަދަލުކޮށްފައެވެ. އެސްޓީއޯއާއި ކުރީގެ ވަރަ މޯލްޑިވްސް ޙިއްސާވެގެން 2000 ވަނަ އަހަރު އެފްއެސްއެމް ވުޖޫދަށް އައިސްފައިވަނީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓްކުރާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އެފްއެސްއެމްއަކީ ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރިއަށް ގެންދާ އެއް ކުންފުންޏެވެ.
ކުރީސ ަރުކާރުތަކުން ބިނާކޮށްފައިވާ ބައެއް ތަންތަނުގެ ނަން މިސަރުކާރުން ބަދަލުކުރަމުންދާތީ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ