މާދަމާ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Author
ހުސެއިން
23 އޭޕްރިލް 2024 10:54
0
މާދަމާ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޮއިން ބުނެފައިވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ އަމީރު އަޙުމަދު މަގު، ބޮޑުތަކުރުފާނު މަގު، ދީފްރަމް ގޯޅި، ފިނިފެންމާ ގޯޅި، ގަލަދުން ގޯޅި، ހިތްފަސޭހަ ގޯޅި، ހުސްނުހީނާ މަގު، އަދި ކުރަނގި ގޯޅީގެ އިތުރުން މެހެލި ގޯޅި އާއި ރޯޝަނީ މަގު ހިމެނޭ ސަރަހައްދުން މާދަމާ ކަރަންޓުގެ ޚިދުމަތް ކެނޑުމަކީ އެކަށިގެންވާ ކަމެއް ކަމުގައެވެ.
އެގޮތުން ކަރަންޓުން ކެނޑުން އެކަށީގެންވާ ގަޑިތަކަކީ މާދަމާގެ ހެނދުނު 09:30 ން 10:30 ށް ކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.