މަޖިލިސް ރައީސް އަސްލަމްގެ ގޮނޑިވެސް ކާމިޔާބެ ނުކުރެވުނު!

މަޖިލިސް ރައީސް އަސްލަމްގެ ގޮނޑިވެސް ކާމިޔާބެ ނުކުރެވުނު!

Author
ޙަސަން މުޙައްމަދު
21 އޭޕްރިލް 2024 08:25
0

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިހާރުގެ ގިނަ މެމްބަރުންގެ ގޮނޑި ގެއްލޭނެކަމަށް ދައްކާފައިވާއިރު އޭގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމްގެ ގޮނޑި ހިމެނޭކަމަށް ދައްކައިފިއެވެ.

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގިނަ ގިނަ ގޮނޑިތައް ކާމިޔާބުކޮށް ވެރިކަން ކުރާ ޕީއެންސީން މިހާރުވަނީ މަޖިލިހުގެ މެޖޯރިޓީ ކަށަވަރު ކޮށްފައެވެ.

އެގޮތުން މިހާރު އިއުލާން ކުރަމުންދާ ނަތީޖާއިން ދައްކާ ގޮތުގައި މާލޭގެވެސް އެންމެ ދެގޮނޑި ފިޔަވާ އެހެން ހުރިހާ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކުރާނެކަމަށް ވަނީ ދައްކާފައެވެ. އެގޮތުން މިހާރު ދައްކާ ގޮތުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑިއެވެ.

މިހާރު ނަތީޖާ އިއުލާން ކުރަމުންދާ ގޮނޑިތަކަށް ބަލާއިރު، ޕީއެންސީން ސުޕަރ މެޖޯރިޓީއާއި ހަމަށް ދަތުރުކުރާނެކަަމަށް ދަނީ ބެލެވެމުންނެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.