މިލަންދޫ މަގުހެދުމުގެ މަޝްރޫޢު ފަށައިފި

މިލަންދޫ މަގުހެދުމުގެ މަޝްރޫޢު ފަށައިފި

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 06:53
0

ށ.މިލަންދޫ މަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް މިއަދު ފަށައިފިއެވެ. މިލަންދޫގެ މަގު ހެދުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުން ގާތްގަނޑަކަށް 156.4 މިލިޔަން ރުފިޔާ ޚަރަދުކުރުރައްވައިގެން ކުރިޔަށް ގެންދާ މަޝްރޫއެއެކެވެ. މި މަޝްރޫޢުގެ ދަށުން 6.15 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަގުހެދުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް މަގުތަކުގެ ފުރިހަމަ ބޭނުން
ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުންކަމަށެވެ.

މިލަންދޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު،  އެމަސައްކަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކުރިޔަށް ގެންދެވިފައިވާކަމަށާއި، މިގޮތުން މަޝްރޫޢުގެ ސާރވޭއާއި ޑިޒައިންކުރުމުގެ މަސައްކަތާއި މަޝްރޫއަށް ބޭނުންވާ އީ.އައި.އޭގެ މަސައްކަތް ނިންމުމާއި މަސައްކަތަށް ބޭނުންވާނެ އެންމެހާ ވަޞީލަތްތަކާއި ތަކެތި ހޯދުމުގެ މަސައްކަތްވަނީ ކުރިޔަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްރޫއުގެ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި ނިންމުމަށްޓަކައި ރައްޔިތުންގެ ސަޕޯޓާއި ޖޯޝާ ފޯރިއަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެކަންތައްތަކެއް ކަން މާޒީގެ މިފަދަ މަސައްކަތްތަކުން އަޅުގަނޑުމެންނަށް ވަނީ އެނގިފަ. މިލަންދޫއަކީ ތަރައްޤީއަށާއި ކުރިއެރުމަށް އެދިއެދި ތިބި ހިތްހެޔޮ އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށްވާތީ އަޅުގަނޑުމެންގެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާ އެއްބާރުލުން އެންމެ
ފުރިހަމަގޮތުގައި ލިބިގެންދާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއްނުކުރަން.

– އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު ވިދާޅުވިއެވެ.

ށ. މިލަންދޫ މަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢު ފަށްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީނާއި، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.