ހިޔާ ފްލެޓުތަގައި ބައްހަައްޓާ އިތުރު ލިފްޓުތައް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި

ހިޔާ ފްލެޓުތަގައި ބައްހަައްޓާ އިތުރު ލިފްޓުތައް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި

ގުޅުންހުރި

ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ހިޔާ ފްލެޓްގައި ބަހައްޓާ އިތުރު ފްލެތްތައް ބެހެއްޓުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވާފައި ވަނީ ހައުސިން މިނިސްޓަރު އަލީ ހައިދަރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްގެ އިތުރުން ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ވަނީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްފައެވެ.

ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެޗްޑީސީން އޭރު ވެސް ވަނީ އޭގެ ތެރޭގައި ސްޓްރެޗަރު އެރުވޭ ލިފްޓު ހިމެނޭކަން ހާމަކޮށްފައެވެ.

މުޅި މަޝްރޫއު އަހަރެއް ތެރޭގައި ނިންމައިލެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރު ކުރެވިގެންދާއިރު، ސްޓެޗަރ އެރުވޭވަރުގެ ލިފްޓްތައްވެސް ހަރުކުރެވިގެން ދާނަކަމަށާއި ލިފްޓްތައް ހަރު ކުރެވުމުން އެ މައްސަލަ ހައްލުވެގެންދާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ