ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ދިން މުއްދަތު އިތުރު ކޮށްފި

ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ދިން މުއްދަތު އިތުރު ކޮށްފި

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1347 ގޯތިގެ ތެރެއިން, ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް, ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމުގެ ފުރުސަތު އިތުރު ކޮށްފިއެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި، ގުޅީފަޅަށް ބަދަލުކުރަން ނިންމާ، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ނެރުނު އިއުލާނެއްގައި ބުނީ، ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށެވެ.

އެހެންކަމުން މި ސަރުކާރުން، މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާކަން ހާމަކޮށްފައިވެއެވެ. މި ބަދަލުތަކާއެކު، ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް، ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވާކަން އެ ވުޒާރާއިން ހާމަކުރިއެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް، 1347 ގޯތި ބަދަލުކުރަން ނިންމާފައިވެއެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯތި އަދި 2050 އަކަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި މިހާރު ބުނެފައިވަނީ، ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:00 އަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ކުރިން ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށެވެ.

އަދި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅީފަޅަށް ބަދަލުވާން ހުށަހަޅާނަމަ، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށާއި އެ ތާރީހު މިނިސްޓްރީން އަންގާނެ ކަމަށް ބުނެފައި ވެއެވެ.

ކުރީގެ ސަރުކާރުގެ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *