އިންތި، އައްޑޫ ޝަރީފަށް: ބަރުލަމާނީ ނިޒާމުގެ ހަގީގަތް އޮޅުވާނުލައްވާ!

އިންތި، އައްޑޫ ޝަރީފަށް: ބަރުލަމާނީ ނިޒާމުގެ ހަގީގަތް އޮޅުވާނުލައްވާ!

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 12:34
0

ބަރުލަމުވާނީ ނިޒާމާއި ގުޅޭ ހަޤީގަތް އޮޅުވާނުލެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް އިލްތިމާސްކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮތް އޮސްޓްރޭލިޔާއާއި، ކެނެޑާއާއި، ނިއުޒިލޭންޑްގައި ރައްޔިތުންނަށް ޤައުމުގެ އެންމެ އިސްވެރިޔާ ހޮވުމުގެ ބާރެއް ނޯންނަކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެތަންތަނުގައި ޤައުމުގެ އެންމެ އިސްވެރިޔަކީ ރާނީ އެލިޒަބަތުކަމަށެވެ. އަދި ގަވަރުނަރ ޖެނެރަލްއަކީ ސީދާ ރާނީ އައްޔަންކުރައްވާ ބޭފުޅެއްްކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ ބަސް ކުޑަކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ޝަރީފް މިހެން ވިދާޅުވުމުން، އެއަށް ރައްދުދެއްވާ އިމްތިޔާޒް ފަހުމީ ވަނީ ހަޤީގަތް އޮޅުވާނުލެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އިންތި ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ އެންމެހާ އިސް މަޤާމުތަކުގައި ތިއްބަވާނީ ރައްޔިތުން އިންތިޚާބުކުރާ މީހުންކަމަށެވެ. ނަމަވެސް ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ އިސް އެއް މަޤާމު ފިޔަވާ ހުރިހާ މަޤާމަކީވެސް ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކެއް ނޫންކަމަށް އިންތި ވިދާޅުުވިއެވެ.

ފަހަކަށް އައިސް އެމްޑީޕީގެ ބައެއް ނިންމުންތަކާއި ސިޔާސަތުތަކަށް ޝަރީފް ގެންދަވަނީ ފާޅުގައި ދެކޮޅު ހައްދަވައި ފާޑުވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއިވެސް ޝަރީފް ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައިވާތަން ފެނިގެންދިޔައެވެ.

އެމްޑީޕީގެ ތެރޭގައިވެސް ރިޔާސީ އަދި ބަރުލަމާނީ ނިޒާމާއި ގުޅޭ ބަހުސް ކުރެވެމުންދާއިރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާޢީދުކުރައްވަނީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި އެއީ ރާއްޖެއަށް އެންމެ އެކަށޭނަ ނިޒާމްތަކަމަށްވެސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެންމެ ރަނގަޅު ވަގުތެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، މަޝްވަރާ ކުރައްވާނެކަމަށްވެސް ނަޝީދު ވިދާޅުވެފައިވެފައިވެއެވެ. ނަމަވެސް އެއީ ދެމީހަކު މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއް ނޫންކަމަށް ވިދާލުވެ ރައީސް މައުމޫން ވަނީ ނަޝީދަށް ރައްދު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.