އިންޑިއާގެ މަޝްހޫރު އެކްޓަރު ކަމަލް ހަސަންގެ ފިލްމު "އިންޑިއަން 2″ ޕޯސްޓަރެއް އާންމުކޮށްފިއެވެ.
"އިންޑިއަން 2″ އަކީ ކަމަލް ހަސަނާއި ބޮލީވުޑްގެ ދެ ބަތަލާއިން ކަމަށްވާ މަނީޝާ ކޮއިރަލ އާއި އުރްމިލާ މަޓޯންޑްކަރާ އެކު އިންޑިއާގެ ސައުތުގެ ކުޅަދާނަ ޑައިރެކްޓަރު ޝަންކަރު 1996 ގައި ގެނެސްދިން ފިލްމުގެ ދެވަނަ ބައެވެ.
"އިންޑިއަން 2″ އަކީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ބައި ގެނެސްދިންތާ 28 އަހަރު ފަހުން "އިންޑިއަން 2″ ގެނެސްދޭ އިރު، މި ފިލްމުގެ ބަތަލާއިންނަކީ ރަކުލް ޕްރީތު ސިންގް އާއި ކާޖަލް އަގަރްވާލެވެ.
"އިންޑިއަން 2″ އިން ކާޖަލް ފެނިގެންދާނި 85 އަހަރުގެ އަންހެނެއްގެ ރޯލުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޕޯސްޓަރުން ކަމަލް ވެސް ފެނިގެންދަނީ އުމުރުން ވަރަށް ދުވަސްވީ މީހެއްގެ ގޮތުގައިއެެވެ.
"އިންޑިއަން 2″ އާ އެކު ކަމަލް ހަސަން، 65، އެކްޓިން ކެރިއަރު ނިންމައިލާނެކަން އޭނާ ވަނީ އިއުލާން ކޮށްފައިއެވެ. އެކަން އޭނާ އިއުލާން ކުރީ ދިގުލައިގެން ދިއަ މި ފިލްމް އިއުލާން ކުރިތަނާ ކަހަލަ ގޮތަކަށް 2018 ގެ ފަހުކޮޅު އެވެ. އަދި އޭނާ ވަނީ އެ އަހަރު ރަސްމީކޮށް ސިޔާސީ ދާއިރާ އަށް ވެސް ނުކުމެފަ އެވެ.
ނަމަވެސް "އިންޑިއަން 3″ ވެސް ހަދަން ނިންމާފައިވާ އިރު، އެ ފިލްމު އަންނަ އަހަރު ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.