ސައުދީން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށަނީ

ސައުދީން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށަނީ

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2024 12:45
0

މި ރޯދަމަހަށް ސައުދީ އަރަބިއާއިން ހަދިޔާކުރި ކަދުރު ބެހުން އޮންނާނީ މިއަދާއި މާދަމާގެ އިތުރުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފުއެވެ. އެމިނިސްޓްރީން ބުނެފައިވަނީ އެ ދުވަސްތަކުގައިވެސް ކަދުރު ބެހުން އޮންނާނީ މެންދުރު ފަހު 1:00 އިން 3:00 އާ ހަމައަށެވެ.

އެ ދުވަސްތަކުގެ ފަހުން ކަދުރު ބަހާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެނދުރު 12:00 އަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، އެ މިނިސްޓްރީން ކަމަށާއި ކޮންމެ ގޭބީސީއަކަށް ބަހާނީ އެއް ޕެކެޓް ކަދުރު ކަމަށެވެ.

ކަދުރު ހަވާލުކުރާނީ ކަދުރު ބަލާ ދާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ.

ކުރީ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ސައުދީން ވަނީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ސައުދީން ހަދިޔާކުރި ކަދުރު ބަހުމަށް ހަމަޖެހިފައިވަނީ 6 ދުވަހަކަށް ބަހާލައިގެންނެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި 55 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވަނީ މީގެ 3 ހަފްތާ ކުރިންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށާއި، އަދި ސަޢޫދީ އަރަބިއާގެ އިސްލާމިކް މިނިސްޓްރީންވެސް 5 ޓަނުގެ ކަދުރު ހަދިޔާކޮށްފައި ވާކަމަށެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު މިދިޔަ އަހަރުވެސް ހަދިޔާ ކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.