‏މާލޭ ސިޓީ ކައުންސިލަގެ ޤުރުއާން މުބާރާތް ފަށައިފި

‏މާލޭ ސިޓީ ކައުންސިލަގެ ޤުރުއާން މުބާރާތް ފަށައިފި

Author
ހުސައިން
04 އޭޕްރިލް 2024 01:25
0

މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގައި ޖުމްލަ 678 ކުދިން ބައިވެރިވާ ކަމަށާއި މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރު ފުރާއަކަށް ބަހާލައިގެން ކަމަށެވެ.

ބަލައިގެންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ހަ އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައިއަ ހަރުން ދަށާއި، ނުވަ އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރާއިން ވާދަކުރެވެއެވެ.

މާލޭ ސިޓީ ކައުންސިލުން މަދަހަ މުބާރާތް ވެސް މިދިޔަ މަހު ބާއްވާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ މަދަހަ މުބާރަތުގައި 310 ކުދިން ވަނީ ބައިވެރިވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.