ޕައިން އެޕަލް ކޭކް އަކީ ތައްޔާރު ކޮށްލުމަށް ވަރަށް ފަސޭހަ ވައްތަރެއްގެ ކޭކެކެވެ. މީ ވަރަށް މަދު ސްޕޮންޖް ކޭކެވެ. އަދި ކޭކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ޕައިން އެޕަލް ގެ ސަބަބުން ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ބެލެވެއެވެ.
މި ކޭކް އަށް ދަޅުގައި ބަންދު ކޮށްފައި ހުންނަ ޕައިން އެޕަލް ވެސް ބޭނުން ކުރވިދާނެއެވެ. ނަމަވެސް ތަޒާ ރޯ އަލަނާސި ބޭނުން ކުރުމުން ރަހަ އިތުރަށް ފުރިހަމަވެއެވެ.
ބޭނުން ވާނެ ތަކެތި:
- 1 ޖޯޑު ބަޓަރު
- 1 ޖޯޑު ހަކުރު
- 3 ބިސް
- 2 ޖޯޑު ފުއް
- 1/2 1 ޖޯޑު ޕައިން އެޕަލް (ޗޮޕް ކޯށްފައި)
- 1 ސައި ސަމުސާ ބޭކިންގ ޕައުޑަރު
- 1/4 ސައި ސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ބަރު އަދި ހަކުރު ކޮޅު ތައްޓަކަށް އަޅައި އަތު މިކްސަރަކުން ރަނގަޅަށް އެއްކޮށްލާށެވެ. ހަކުރު ކޮޅުރަނގަޅަށް ވިރުމުން ބިސް އަޅާއި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން ފުއް، ބޭކިން ޕައުޑަރު އަދި ލޮނުކޮޅު އެއްކޮށްލާށެވެ. ދެން ތައްޔާރު ކުރި ބެޓާ ކޮޅަށް ޕައިން އެޕަލް ކޮޅު އަޅައިލާށެވެ. ދެން ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު ޓްރޭއަށް އަޅައި ފިހެލާށެވެ.