އީސީގެ މެމްބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި

އީސީގެ މެމްބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި

Author
އަހުމަދު
31 މާރޗް 2024 04:19
0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އީސީގެ މެމްބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެއީ އީސީގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021 ގައެވެ.

ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހަބީބު އެ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 13 މާޗު 2014 ގަ އެވެ. ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި 13 މާރިޗު 2019 ގަ އެވެ. ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައި ވަނީ 25 ޖެނުއަރީ 2021 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.