ބޮލީވުޑްގެ ކުރީގެ އެކްޓަރު ގޯވިންދާ އަންނަ މަހު އިންޑިއާގައި ބާއްވާ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާރު ކުޅޭނެ އެއްވެސް ފިލްމް އެއް ނުލިބޭ އެކްޓަރުސިޔާސީ މަސައްކަތަށް ނުކުނަން ނިންމީ އިންޑިއާގެ އިދިކޮޅު ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޝިވް ސެނާއާ އެކީގައި ކަމަށް މީީޑިއާ އިން ބުނެއެވެ.
އަދި އެ ޕާޓީ ގެ އިސް ފަރާތްތަކާ އެކުގައި އޭނާ މިއަދުގެ ވަގުތެއް ގައި ބައްދަލުކޮށް މީޑިއާއަށް އެކަން ވަނީ އިއުލާން ކޮށްފައިއެވެ. އަންނަ މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އިންތިހާބުގައި ވާދަކުރަން ޝިވް ސެނާގެ ފަރާތުން ދައުވަތު ދީފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ލޯކް ސަބާގެ އިންތިހާބު ފަށަން ހަަޖެހިފައި ވަނީ އަންނަ މަހުގެ 19 ގަ އެވެ. މި އިންތިހާބު ޖޫން 1 އާ ހަމައައަށް ކުރިއަށް ދާނެ އެވެ.
ކޮމެންޓު ފޮނުވާ