ޔާމިންގެ ތާއީދާއެކީ ހެންވޭރު ދެކުނަށް ވާދަކުރާ ނިޝާން ހަމަ އެދާއިރާގެ ޕީއެންސީއާއި އެމްޑީޕީގެ ކެނޑިޑޭޓަށްވެސް ތާއީދުކޮށްފި!

ޔާމިންގެ ތާއީދާއެކީ ހެންވޭރު ދެކުނަށް ވާދަކުރާ ނިޝާން ހަމަ އެދާއިރާގެ ޕީއެންސީއާއި އެމްޑީޕީގެ ކެނޑިޑޭޓަށްވެސް ތާއީދުކޮށްފި!

ގުޅުންހުރި

ކުރިޔަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރައީސް ޔާމިންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (ނިޝާން) އެދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރާކަން ހާމަކުރުމަށްފަހު ހަމަ އެދާއިރާއަށ އިދިކޮޅު އެމްޑީޕީއަށް ތާއިދުކޮށްފިއެވެ.

އިއްޔެ ރައީސް ޑރ މުހައްމަދު މުއިއްޒު ހެންވޭރު ދާއިރާގައި ޑޯޓުޑޯ އަށް ހިންގެވި ހަރަކާތުގައި ނިޝާން ވަނީ އޭނާގެ ތާއިދު އޮތީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން އިމްރާން ލަތީފް (އިންމު) އަށްކަން ހާމަކުރައްވާފައެވެ. އަދި އޭނާ ޕިއެންސީގެ ކެނޑިޑޭޓާއެކު ނެގި ފޮޓޯގައި ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ހަމަ އެއާއެކު އާނާވަނީ އެ ދާއިރާއަށް ވާދަކުރާ އަދުން ހުސެއިންއާއެކުވެސް، އޭނާއަށް ތާއީދުކުރާކަން ހާމަކޮށް ފޮޓޯ ނަގާފައެވެ.

ނިޝާންއަކީ ރަައީސް ޔާމިންގެ ޕީއެންއެފްގެ ފަރާތުން ބާއްވަމުންދާ ޖަލްސާތަކުގައި ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ