ބޮލީވުޑްގެ މަޝްހޫރު ހޮރޯ-ކޮމެޑީ ފިލްމު ސީރީޒް "ބޫލް ބުލައްޔާ"ގެ ތިންވަނަ ފިލްމް ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.
ކާތިކާއި ބަތަލާ ޓްރިޕްތީ ދިމްރީ އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކީ މި ވާހަކަ އިންސްޓަގްރާމްގައި ވަނީ ހިއްސާ ކޮށްފައިއެވެ. މި ފިލްމުގެ ޝޫޓިން ފެށީ މި މަހުގެ 9 ގަ އެވެ.
މި ފިލްމަކީ އޭނަގެ 2022 ގެ "ބޫލް ބުލައްޔާ 2″ ގެ ފޮލޯއަޕެކެވެ. އަދި އާ ފިލްމަކީ ޓްރިޕްތީއާ އެކީ ކާތިކް ކުޅޭ ފުރަތަމަ ފިލްމެވެ. "ބޫލް ބުލައްޔާ 2″ ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. ތިން ވަނަ ބައިގެ ކާސްޓްގައި 2007 ގެ "ބޫލް ބުލައްޔާ" ގެ ބަތަލާ ވިދިއާ ބާލަން ވެސް ހިމެނެ އެވެ.
ވިދުޔާ ބާލަން އާއި އަކްޝޭ ކުމާރް ލީޑު ރޯލު ކުޅުނު "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2007 ވަނަ އަހަރު އެވެ.