ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

Author
އަހުމަދު
27 މާރޗް 2024 05:05
0

ފ. ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓަށް  ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލު ކުރީ 390 ދުވަހުގެ ތެރޭގައެވެ.

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭ އާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރަނީ ވެސް އެމްޓީސީސީންނެވެ.

ނިލަންދޫގައި އެއާޕޯޓެއް އެޅުމަކީ މި އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަމެކެވެ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު، އެ އަތޮޅުގައި އޮންނަ ފ. މަގޫދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.